ބީއެމްއެލުން އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭ ގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް އިން ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖައްސައި، އަންނަ މަހު އެކަކުން ފެށިގެން އެ ހިދުމަތް ފޯރުކޮށްދޭން ނިންމައިފި އެވެ.
ވީ ކިހިނެއް؟- ބީއެމްއެލުން ބުނީ އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިން އެޕް ބޭނުންކޮށްގެން ފަސޭހަކަމާ އެކު އެ އެކައުންޓް ހުޅުވޭނެ ކަމަށެވެ.
ގައުމީ ބޭންކުން ބުނި ގޮތުގައި މި އެކައުންޓް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި އިންޑިއާ ރުޕީ ނެގި، އިންޑިއާ ރުޕީން ޓްރާންސްފާއެއް ވެސް ކުރެވޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ރާއްޖެއަަށް ލިބޭ ޝަރަފެއް ކަމަށާއި މީގެ ސަބަބުން ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އާ ފުރުސަތުތައް ވެސް ލިބޭނެ ކަމަށެވެ.
އެނގުން މުހިއްމު- މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ބީއެމްއެލް އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި، ރުޕޭ ކާޑު ބޭނުން ކުރެވޭ ގޮތް ހަދައިފަ އެވެ. އަދި އިންޑިއާގެ ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން (އެންޕީސީއައި)އާ އެކު ކަސްޓަމަރުންނަށް ރުޕޭ ކާޑު ދޫކުރަން ވެސް މިހާރު ވަނީ ނިންމާފަ އެވެ.
ބީއެމްއެލް އިން ބުނީ:
އަންނަ މަހުން ފެށިގެން ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހިންނާއި ބިދޭސީންނަށް ވެސް ބީއެމްއެލް މޮބައިލް ބޭންކިން ބޭނުންކޮށްގެން، އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށް. މި އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލްގެ ބްރާންޗުތަކުން ކަމަށް
އެގޮތުން އިންޑިއަން ރުޕީގެ 500ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓުތައް ޖަމާކުރެވޭނެ ކަމަށް
އިންޑިއާއިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ، މިގޮތަށް ހުޅުވާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް
 އިންޑިއާއަށް ފައިސާ ފޮނުވުމުގައި ވެސް އެ އެކައުންޓް ބޭނުން ކުރެވޭނެ ކަމަށް ބޭންކުން ބުނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ