ޕީޕީއެމްގެ "ޔޫތް ރައިޑް" މިއަދު ހަވީރު މާލޭގައި

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބާއްވާ ސައިކަލު ބުރެއް މިއަދު ހަވީރު މާލޭގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
"ޔޫތް ރައިޑް"ގެ ނަމުގައި ބާއްވާ މި ސައިކަލު ބުރު ފެށުމަށް ހަމަޖެފައިވަނީ ހަވީރު 4 ޖަހާއިރު ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.
Youth Ride22 July 2023 (Saturday) at 4pm???? Infront of PPM Office #FreePresidentYameen #RY2023 #DhiveheengeRaajje pic.twitter.com/551iUr6iu8
— Ahmed Shiyam (@Shiyamaldives) July 22, 2023
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ހަރަކާތެއްގެ ގޮތުން ސައިކަލު ބުރެއް ބާއްވާއިރު، ހުކުރު ދުވަހު ބާއްވަން ނިންމި ހިނގާލުން މޫސުން ތަން ނުދިނުމުގެ ސަބަބުން ވަނީ ފަސްކޮށްފައެވެ.
ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވިނަމަވެސް އެމަނިކުފާނުގެ ކެމްޕޭން އިދިކޮޅުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުން މިހާރު އޮތީ އަޑުއެހުން މަޑުޖެހިފައެވެ. މީގެއިތުރުން އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއްގެ އަޑުއެހުންތައްވެސް ކްރިމިނަލް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ