އެމްއެމްއޭގެ ބޯޑުން އިތުރު ބޭފުޅަކު އިސްތިއުފާ ދެއްވައިފި

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑުން އިތުރު މެންބަރަކު އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑުން އިސްތިއުފާ ދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ބޯޑުގައި އިންނަވާ ޝަހުދު އިބްރާހިމް އެވެ. 
ތަފްސީލް - އޭނާ އިސްތިއުފާ ދެއްވާފައި މި ވަނީ ހުޅުމާލެއިން ބިމެއް ގަތުމަށް އެމްއެމްއޭއިން އެޗްޑީސީއަށް 14 ބިލިއަން ރުފިޔާ ދައްކަން މިދިޔަ ހަފްތާ ބޯޑުން ނިންމި ނިންމުމާ ވިދިގެންނެވެ.
އެނގިފައިވާ ގޮތުގައި އެ ނިންމުމާ ދެކޮޅަށް ޝަހުދު ވެސް ވޯޓްދެއްވި އެވެ.
ފާހަގަކޮށްލެވޭ - އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނޭ އެ ނިންމުން އެމްްއެމްއޭގެ ބޯޑުން ނިންމާފައި ވަނީ ބޯޑުގެ މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދި، ވޯޓް އެއްވަރުވުމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވޯޓް ދެއްވައިގެންނެވެ. 
ގުޅުންހުރި - އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލް ކުރައްވައި އެ އިދާރާގެ އިކޮނޮމިސްޓް އަހުމަދު ޒަޔާން މުހައްމަދު ވެސް ވަނީ މި ހަފްތާ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ވެސް އިސްތިއުފާ ހުށަހެޅުއްވީ އެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ