ހޮސްޕިޓަލަކުން ބަލި މީހެއްގެ އެކްސް-ރޭ ލީކުކޮށްލި މައްސަލައެއް ބަލަނީ

ސޯޝަލް މީޑިއާގައި އިއްޔެ ވަނީ މީހެއްގެ ހަށިގަނޑުގައި ބޮޑީ ސްޕްރޭ ފުޅިއެއް ތާށިވެފައިވާ އެކްސް-ރޭއެއް އާންމުވެފަ އެވެ. އަދި އެ ފުޅި މީހާގެ ހަށިގަނޑުން ނަގައި، ހޮސްޕިޓަލް ޓްރޭއަކަށްލާފައި އޮތް ފޮޓޯއެއް ވެސް އާންމުވެފައިވެ އެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލަކުން ބަލި މީހެއްގެ އެކްސް-ރޭ ލީކުކޮށްލި މައްސަލައެއް ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އިއްޔެ ވަނީ މީހެއްގެ ހަށިގަނޑުގައި ބޮޑީ ސްޕްރޭ ފުޅިއެއް ތާށިވެފައިވާ އެކްސް-ރޭއެއް އާންމުވެފަ އެވެ. އަދި އެ ފުޅި މީހާގެ ހަށިގަނޑުން ނަގައި، ހޮސްޕިޓަލް ޓްރޭއަކަށްލާފައި އޮތް ފޮޓޯއެއް ވެސް އާންމުވެފައިވެ އެވެ.މި ފޮޓޯތައް ލީކުވެފައި ވަނީ ހޮސްޕިޓަލުން ކަމަށް ތުހުމަތު ކުރެވެ އެވެ. މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، މައްސަލަ ބަލަމުންދާ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލު ދީފައެއް ނުވެ އެވެ.މި ފޮޓޯތައް ލީކުވެފައި ވަނީ ކޮން ހޮސްޕިޓަލަކުންކަން މިނިސްޓްރީން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. މިނިސްޓްރީން ބުނެފައި ވަނީ ލީކުވެފައިވާ ފޮޓޯތަކަކީ އަސްލެއްތޯ ވެސް ކަށަވަރު ކުރަމުންދާ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ