ޒަމާނާ އެއްގޮތަށް ދަނޑުވެރިކަން ކުރުމަށް ޒުވާނުންގެ ދައުރު ފުޅާކުރަން ޖެހޭ: މާރިޔާ

ދަނޑުވެރިކަމަށް ބޭނުންވާ ވަސީލަތްތައް ލިބުމުގެ ދަތިކަމާއި މާލީ އެހީ ހޯދުމުގެ ދަތިކަމާއި، ދަނޑުތަކުގައި ހައްދާ ތަކެތި އެއްތަނުން އަނެއް ތަނެއް ގެންދިއުމުގައި ދަތުރުފަތުރުގެ ދަތިކަމާއި، މާކެޓް ހޯދުމުގެ ދަތިކަން ހުރިކަމަށް ވެސް މިނިސްޓަރގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ދަނޑުވެރިކަމުގެ ޒަމާނީ އައު ގޮތްތައް ހޯދާ، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސިނާޢަތެއް ހޯދުމަށްޓަކައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑުތަނުން އިތުރުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ދަނޑުވެރިކަން ހިއްސާކުރަނީ ރާއްޖޭގެ ޖީޑީޕީގެ %1.2. ރާއްޖޭގައި 7600 ދަނޑުވެރިން ދަފްތަރުކޮށްފައިވާއިރު، އޭގެތެރެއިން ޒުވާނުންގެ ނިސްބަތަކީ %6.9. ރާއްޖޭގައި ކާބޯތަކެތި އިމްޕޯޓްކުރާ ނިސްބަތް %90އަށް އަރާ. އެހެންކަމުން ދެމެހެއްޓެނިވިގޮތެއްގައި ދާއިރާ ފުޅާކުރަން ޒުވާނުން މި ދާއިރާއަށް ޝަޢުގުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ" މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.
"ކޮންފަރެންސް އޮން ކްލައިމެޓް ރިޒިލިއަންޓް އެގްރިކަލްޗަރ ފޯރ ފުޑް ސެކިއުރިޓީ" ކޮންފަރެންސަކީ ދަނޑުވެރިކަން ކުރުމުގައި ތިމާވެއްޓާ ރަށްޓެހި ގޮތްތައް އަށަގެންނެވުމާ ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ދިރާސީ ނަޒަރަކުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޮންފަރެންސްގައި އެމްއެންޔޫ، އިސްލާމިކް އޮގަނައިޒޭޝަން ފޯރ ފުޑް ސެކިއުރިޓީ އަދި ކަމާއި ގުޅުންހުރި ދާއިރާތަކުގެ ޓެކްނިކަލް ބޭފުޅުންގެ އިތުރުން މިދާއިރާއިން ތަޢުލީމު ހާސިލްކުރާ ދަރިވަރުން ބައިވެރިވެރިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ