ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި 2 ފިރިހެނުން ހައްޔަރުކޮށްފި
ރ. އުނގޫފާރޫގައި ހުންނަ އެ އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދިކަމުގެ ތަހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށު ދެ މީހަކު ހައްޔަރުކޮށްފިއެވެ. އަތޮޅު ކައުންސިލު އިމާރާތަށް ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވެ، ފުލުހުން އެ މައްސަލަ ބަލަން ފެށީ މިދިޔަ ބުދަ ދުވަހެވެ. މިގޮތުން، އެ ވީޑިއޯއިން ފިރިހެނަކު ކައުންސިލް އިދާރާގެ ގޯތި ތެރެއަށް ފެން އަޅާ މަންޒަރު ފެނެއެވެ. އެ މައްސަލައާ ގުޅިގެން މިއަދު ފުލުހުން 'ސަން'އާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ކޯޓު އަމުރެއްގެ ދަށުން އެ ރަށުން މިދިޔަ ހުކުރު ދުވަހު ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރ. އުނގޫފާރު، ރިވެލި، 61 އަހަރުގެ މުޙައްމަދު އަމްޖަދާއި ރ. އުނގޫފާރު، ނަސީމީހިޔާ އުމުރުން 67 އަހަރުގެ މުޙައްމަދު ވަހީދެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ކުޅުދުއްފުށި ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އަށް ގެޔެއް ބަލައިފާސްކޮށް، ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ތަކެތި މި ފަހުން ވަނީ އަތުލައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ