ކުރިއަށް އޮތް ރަމަޟާން މަހު، އެޗްޑީސީ ކަސްޓަމަރ ކެއަރއިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާއްމުކޮށްފިއެވެ.
އެޗްޑީސީން ބުނީ، ރަމަޟާން މަހުގައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު އެ ކުންފުނީގެ އިންފޮމޭޝަން ކައުންޓަރއިން ހެނދުނު 9:00 އިން މެންދުރު 14:00 އަށް ޚިދުމަތް ދެމުންދާނެ ކަމަށެވެ.
އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ފައިނޭންސް ކައުންޓަރުން ހެނދުނު 9:30 އިން 1:30އަށް ޚިދުމަތް ދެމުންދާނެ ކަމަށެވެ.
Advertisement
މީގެ އިތުރުން އެޗްޑީސީން ބުނީ، ރަމަޟާން މަހުގައިވެސް ކޯލް ސެންޓަރުގެ ޚިދުމަތް، 24 ގަޑިއިރު ލިބެމުންދާނެ ކަމަށެވެ. އަދި އެ ސެންޓަރު ކޮންމެ ދުވަހެއްގެ ހަވީރު 18:00 އިން 19:00 އަށް ބަންދު ކުރާއިރު، ހުކުރު ދުވަހު، 12:00 އިން 13:00 އަށް ބަންދު ވާނެ ކަމަށް ބުނެފައިވެއެވެ.
ރަމަޟާންމަހު އެޗްޑީސީ ކަސްޓަމަރ ކެއަރއިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާއްމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ