ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރަން މައުމޫން ގޮވާލައިފި

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އެމްއާރުއެމްގެ ލީޑަރު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ މި ބަލިމަޑުކަން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް ފެތުރުން ހުއްޓުވުމަށް އަވަށްޓެރި ސްރީލަންކާގައިވެސް ރެއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކާފިއު އިއުލާނުކޮށްފައިވާކަން އެމަނިކުފާނުގެ ޓްވީޓުގައި ފާހަގަކުރައްވާފައިވެ އެވެ.
ކޯވިޑްފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޝްރީލަންކާގައި ރޭއްސުރެފެށިގެން މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ލޮކްޑައުން އިޢުލާންކޮށްފި. ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ @HPA_MV
— Maumoon Abdul Gayoom (@maumoonagayoom) August 21, 2021
މީގެ ކުރިން ރާއްޖޭގައިވެސް ކޮވިޑު ފެތުރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތައް ހަރުކަށިކޮށްފައިވެއެވެ. އެހެންނަމަވެސް މިހާރު ވަނީ އެ ހުރިހާ ފިޔަވަޅުތަކަށް ލުއިދީފައެވެ. އަދި ކޮވިޑުގެ ހާލަތާއި ގުޅިގެން ވާހަކަދައްކަވަމުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވާގޮތުގައި ރާއްޖޭގައި ކޮވިޑު މިހާރު ވަނީ ކަންޓްރޯލް ކުރެވިފަ އެވެ.
ރާއްޖޭގައި މިހާތަނަށް 79،754 މީހެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރެއިން 222 މީހެއް ވަނީ ބަލިން ރަނގަޅުނުވެ ނިޔާވެފައެވެ. އަދި 77،770 މީހެއް ބަލިން ރަނގަޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ