ޣައްޒާގައި އާންމުން ހިމާޔަތް ހޯދައިގެން ތިބި ސްކޫލަކަށް އިސްތިއުމާރީ
އިސްރާއީލުން ބޮންއަޅައި 22 މީހުން ޝަހީދު ކޮށްލަފައިފިއެވެ.
ޓެރަރިސްޓުން ބޮންއަޅާފައިވަނީ ޣައްޒާގެ މެދުތެރޭ ދީރުލް
ބަލާހްގައި ހުންނަ ރުފައިދާ ސްކޫލަށެވެ.
ބޮންއެޅީ ކުރިން އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި
ކަމަށާއި، އެވަގުތު އެ ސްކޫލްގައި އެތައްހާސް އާންމުން ރައްކާތެރިކަން ހޯދައިގެން
ތިބި ކަމަށް ފަލަސްތީނުން ބުނެއެވެ.
އިސްރާއީލުގެ ޓެރަރިސްޓުން ދިން ހަމަލާގައި ގިނައިން ޝަހީދުވެފައިވަނީ
ކުޑަކުދިންނާއި، އަންހެނުންނެވެ.
ޝަހީދުވެފައިވާ އަދި ޒަޚަމްވެފައިވާ މީހުންގެ ހަށިތައް އަލްއަގްސާ
ހޮސްޕިޓަލަށް މިހާރުވެސް ގެންދަނީ އުފުލަމުންނެވެ. ހޮސްޕިޓަލުންވެސް ބުނެފައިވަނީ،
މަރުވެ އަދި ޒަޚަމްވެގެން ގިނައިން ގެންނަނީ ކުޑަކުދިންނާއި، އަންހެނުންނާއި
ޒުވާން ކުދިން ކަމަށެވެ.
ޒަޔަނިސްޓުން ބުނަމުންގެންދަނީ އާންމުން ހިމާޔަތް ހޯދައިގެން
ތިބި ތަންތަނަށް ބޮންއަޅަނީ އެއީ "ހަމާސްގެ ކޮމާންޑް ސެންޓަރުތައް"
ކަމަށް ބުނެއެވެ. ނަމަވެސް، އެއްވެސް ހެއްކެއް އިސްރާއީލަށް ނުދެއްކެއެވެ.
ޣައްޒާގެ ވެރިކަންކުރާ ގާޒާ ސިޓީގެ އުތުރުގައި ހުންނަ
ދަލާލް އަލް މަޣްރަބީ ސްކޫލަށް ޓެރަރިސްޓުން އޮގަސްޓް 1ގައި ބޮންއަޅައި 15 މީހުން
ޝަހީދު ކޮށްލާފައި ވެއެވެ. ގާޒާ ސިޓީގެ ހަމާމާ ސްކޫލަށް އޮގަސްޓް 3 ގައި
ބޮންއަޅައި 16 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.
ޣައްޒާގައި އދއިން ހިންގާ ހުރިހާ ސްކޫލަކާއި، އެހެން
ސްކޫލް އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، މިސްކިތްތަކުގައިވެސް މިހާރު
ފުރިފައިވަނީ، ޓެރަރިސްޓުންގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލި
މަގުމަތިވެފައިވާ އެތައްހާސް އާންމުންނެވެ.
ޒަޔަނިސްޓު ޓެރަރިސްޓުން ގެންދަނީ އެ ހުރިހާ
ތަންތަނަށްވެސް ބޮންއަޅައި، މުޅި ޣައްޒާއިން އިންސާނީ ނަސްލު އެކަށް ނެތިކޮށް
ފޮހެލުމަށް ބޮޑެތި ގަތުލުއާންމު ހިންގަމުންނެވެ. އެތައް ސްކޫލަކަށް މިދިޔަމަހު
ބޮންއަޅައި އެތައްބަޔަކު ޝަހީދު ކޮށްލާފައި ވެއެވެ.
އިންސާނީ ހައްގުތަކޭ ކިޔައި ދުނިޔޭގެ އެހެން ގައުމުތަކާ
ދިމާއަށް "ކުނިއަނގަ" ފުޅާކުރާ ހުޅަނގުގެ ގައުމުތަކުގެ ވެރިން މިއަދު ތިބީ
އިސްރާއީލަށް ވާގިދިނުމުގައެވެ. އެ ވެރިން މިއަދު ތިބީ ދެލޯ ކަނުވެ، ދެކަންފަތް
ބީރުވެފައެވެ.
މާދަމާވެސް، ދުނިޔޭގެ އެހެން ގައުމުތަކާ ދިމާއަށް އިންސާނީ
ހައްގޭ، ކިޔައިގެން މިވެރިން އަންނާނެތެވެ.
ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ބޮންއަޅައި 22 މީހުން ޝަހީދު ކޮށްލަފައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ