ވަގަށް ނަގާފައިވާ ކަރަންޓް ކޭބަލެއްގެ ބައެއް ފުލުހުން ހޯދައިފި

ޖޫން 08 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށްނަގާފައިވާ އަޕަރނޯތް ޔުޓިލިޓީސް ލިމިޓެޑް ށ. މާއުނގޫދޫ ބުރާންޗްގެ އިރުމަތީ ފެންޑާގައިހުރި ކަރަންޓަ ކޭބަލެއްގެ ބައެއް ށ.ފުނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މިޙާދިސާއާއި ގުޅިގެން ޖޫން 09 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ށ.ފުނަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޚާއްޞަ ތަޙްޤީޤް ޓީމެއް ށ.މާއުނގޫދޫއަށް ގޮސް ޚާއްޞަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ތަޙުޤީޤު ޓީމުން ކޭބަލް ވިއްކާފައިވާ ކަމަށް ބުނާ ބޯޓަށްއަރައި ބޯޓްބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މިގޮތުން ބަލައި ފާސްކުރިއިރު ގެއްލިފައިވާ ކަމަށް ބުނާ ކޭބަލް އެބޯޓުތެރެއިން ފެނުނުއިރު އޭގެ ދާފަރާ ކަހާލާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލަ އާއި ގުޅިގެން 25 އަހަރުގެ ފިރިހެނަކު އެރަށުން ހައްޔަރުކޮށް މިތަކެތި ނެގިކަމަށް ފުލުހުންގެ ތަޙުޤީޤުގައި އިޢުތިރާފްވެ ކޭބަލްގެ ދާފަރާ ކަހާލަން ބޭނުންކުރި ތަކެތި އެރަށުގެ ވަލުތެރޭގައި ފޮރުވާފައި ހުރިތަން ފުލުހުންނަށް ދައްކާފައިވާ ކަމަށެވެ.
މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ