ކަރަންޓު އަގުހެޔޮ ކުރަން ސަރުކާރުން ޔުޓިލިޓީ ކުންފުނިތަކަށްދޭ ފައިސާގެ އަދަދު މަދުކޮށްފިއެވެ.2021 ވަނަ އަހަރުގެ ބަޖެޓުގައިވާގޮތުން އެ އަހަރަށް ކަރަންޓު އަގުހެޔޮ ކުރަން ސަރުކާރުން ހަރަދުކުރާނީ 427.7 މިލިއަން ރުފިޔާއެވެ. މި ހިނގާ 2020 ވަނަ އަހަރު ސަރުކާރުން ވަނީ ކަރަންޓު އަގުހެޔޮ ކުރުމަށް 624.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި 2019 ވަނަ އަހަރު 468.5 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ. ކަރަންޓު އަގުހެޔޮ ކުރަން ސަރުކާރުން ހަރަދުކުރާ މިންވަރު މަދު ކުރުމުން އާންމު ފަރުދުން ކަރަންޓަށް ދައްކަންޖެހޭ މިންވަރު އިތުރުވެދާނެކަމަށް ބެލެވެއެވެ. ކަރަންޓު އަގުހެޔޮ ކުރަން ހަރަދުކުރާ ފައިސާ މަދުކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި ފެން އަގުހެޔޮ ކުރަން އެއްވެސް ވަރަކަށް ފައިސާ ހިމަނާފައި ނުވާކަން ފާހަގަކުރެވެއެވެ. މިއަހަރުގެ ބަޖެޓުގައ އެކަމަށް 21 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެހެން ކަމަުން އަންނަ އަހަރު ފެނުގެ އަގުވެސް އުފުލޭނެކަމަށް ލަފާކުރެވެއެވެ.އަންނަ އަހަރަކީ ދަތިއަހަރެއް ކަމަށް ރައީސް ސޯލިހްވެސް ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ އަންނަ އަހަރު ތަކެތީގެ އަގުވެސް އުފުލޭނެކަމަށް ބުނެފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ކަރަންޓު އަގުހެޔޮ ކުރަން ސަރުކާރުން ދޭ ފައިސާ މަދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ