ނައިފަރު ދާއިރާގެ މެންބަރު ބާއްވާ ގުރުއާން މުބާރާތް ފަށައިފި

ާރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ މަންމަ އަލްމަރުޙޫމާ ފާތުމަތު ޙަސަންފުޅުގެ ހަނދާނުގައި ބާއްވާ ގުރުއާން މުބާރާތް މިއަދު ނައިފަރުގައި ފަށައިފި އެވެ.
މިއަދު މެންދުރު ފަހު މުބާރާތް ފައްޓަވައި ދެއްވީ ޅ. އަތޮޅު ޖުޑިޝަލް ދާއިރަގެ އިސް މެޖިސްޓްރޭޓް ޝައިޙް މުޙައްމަދު މޫސާ އެވެ.
މިއަދު ފެށި މުބާރާތުގައި 148 ކުދިން ބައިވެރިވި އިރު މުބާރާތަށް އިންސާފު ކުރަނޫ ޤައުމި ޤުރުއާން ކިޔެވުމުގެ މުބާރަތުގައި ވެސް އިންސާފު ކުރާ ގަވައިދަށެވެ. މިމުބާރާތުގެކިޔެވުން ހުކުރު އަދި ހޮނިހިރު ދުވަހު އޮންނާނެ އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ މަންމަގެ ހަނދާނުގައި ފެށި މި މުބާރާތް ކޮންމެ އަހަރަކުވެސް ބާއްވަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ