ޕްރައިވެޓް ހަޔާ އެޑިއުކެޝަން ގާނޫނެއް އެކުލަވައިލަނީ

ޕްރައިވެޓް ހަޔާ އެޑިއުކެޝަންގެ ގާނޫނެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ޕްރައިވެޓް ހަަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް) އިން ބުނެފި އެވެ.
ރާއްޖޭގެ އަމިއްލަ ކޮލެޖްތައް ގުޅިގެން މިއަދު ހެނދުނު ނަސަންދުރާގައި ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފީމް ގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރައިވެޓް ހަޔާ އެޑިއުކޭޝަންގެ ގާނޫނެއް ޑްރާފްޓް ކުރުމުގެ މަސައްކަތް މިއަހަރު ކުރާނެ ކަމަށެވެ.
"ޕްރައިވެޓް ހަޔާ އެޑިއުކޭޝަންގެ އިންސްޓިޓުޝަންތަކަށް ގާނޫނީ ރައްކާތެރިކަމެއް ލިބުމަކީ މިހާރު ކޮށްފަހުރި އިންވެސްޓްމަންޓް ތަކަށް ބަލާއިރު ވަރަށް ބޭނުންތެރި ކަމެއް. އެހެންވީމާ މަޖިލީހާ ސަރުކާރުގެ އިދާރާ ތަކާ ގުޅިގެން ގާނޫނެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރާނަން،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފީމްއިން މީޑިއޭޓްކޮށް ސަރުކާރުގެ އިދާރާތަކާ ގުޅިގެން ޕްރައިވެޓް ކޮލެޖްތަކަށް މީހުން ބިނާކުރުމުގައި ސަރުކާރުގެ ތެރެއިން ހޯދިދާނެ ފުރުސަތުތަކަކީ ކޮބައިތޯ އާއި ރާއްޖެއިން ބޭރުން ހޯދިދާނެ ފުރުސަތުތައް މިއަހަރުގެ ތެރޭގައި ބަލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ