މެމްބަރު ޔާމީންގެ ކެމްޕެއިން މެކުހަށް - މީދޫ ހެއްވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް އެމް.ޓީ.ޑީގެ ޓިކެޓުގައި ވާދަކުރައްވާ މިހާރުގެ ވެލިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީންގެ ކެމްޕެއިން މީދޫގައި ވަރަށް ފޯރިޔާއެކު ކުރިއަށްއެބަދެއެވެ. 
 
އެގޮތުން ރޭވަނީ މެމްބަރު ޔާމީނާއެކު މީދޫގެ ޒުވާނުންގެ ބާބަކިޔުއެއް ކުރިއަށް ގެންގޮސްފައެވެ. ރޭގެ ބާބަކިޔުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ.
 
މި އިވެންޓާގުޅޭގޮތުން މީދޫޓައިމްސްއަށް މައުލޫމާތުދެއްވަމުން ޔާމީން ވިދާޅުވީ މި އިވެންޓަކީ މީދޫގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ވަރަށް ކާމިޔާބު އިވެންޓެއްކަމަށާއި ރޭގެ މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ޝާމިލުވެ ބައިވެރިވުން ލިބުނުކަން ފާހަގަކުރެއްވިއެވެ. އަދި އެމްޓީޑީގެ ފިކުރަކީ ސިޔާސީ ދާއިރާއަށް ޒުވާނުން ނެރެ އިސް ސަފުގައި ހަރަކާތްތެރިވާނެ ޒުވާނުން ބިނާކުރުން ކަމަށާއި ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޭނުންވަނީވެސް ޒުވާން ޚިޔާލުތަކެއްކަމަށްވެސް ޔާމީން ވިދާޅުވިއެވެ. 
 
މީގެ އިތުރުން ކުރިއަށް ރޭވިފައިހުރ ކެމްޕެއިން ހަރަކާތްތައްވެސް ރައްޔިތުންނާހަމައަށް އަންނާނީ ސަޕްރައިޒެއްގެގޮތުގައިކަމަށްވެސް ޔާމީން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ