ސަޕްލިމަންޓްރީ ބަޖެޓް ހުށަހެޅީ އިތުރު 1.7 ބިލިއަން ރުފިޔާ ހޯދަން

ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅީ 1.7 ބިިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓަށް އިތުރު ކުރަން ކަން ހާމަވެއްޖެ އެވެ. ފިނޭންސް މިނިސްޓްރީއިން މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ފޮނުވައި މިއަދު ތަޅުމަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓްގައިވާ ގޮތުން ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަނީ، މިއަހަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ 30.2 ބިލިއަން ރުފިޔާއަށް ވުރެ ހަރަދުތައް އިތުރުވާނެތީ އެވެ. އޭގެ ތަފްސީލްތަކެއް މަޖިލީހުން ވެސް އަދި ފިނޭންސް މިނިސްޓްރީއިން ވެސް ހާމަކޮށްފައެެއް ނުވެ އެވެ. މަޖިލީހުގެ ރިޔާސަތުން މިއަދު ނިންމެވީ އެ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީއާ އިގްތިސާދީ ކޮމިޓީ ގުޅިގެން ދިރާސާކުރުމަށެވެ. މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 32 ބިލިއަން ރުފިޔާއަށް އިތުރުވެ، ބަޖެޓް ޑެފިސިޓް 4.9 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. މިހާތަނަށް މިއަހަރުގެ ބަޖެޓުން 13.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ