އާ އަހަރަކާ ކުރިމަތިލާއިރު، ސަރުކާރުން ވަނީ ރައްޔިތުން އޮބިއަޅުވައި، ގާނޫނު އަސާސީއިން ލިބިދޭ ހައްގުތަކާއި މިނިވަންކަން ނިގުޅައިގަނެފައި ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރާއި ޚިޔާލު ތަފާތުވެ ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވާ، އަބްދުﷲ އަހުމަދު ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ހުޅުވާލި ކޮންމެ އަނގައެއް ގޮންމުށުގެ ބާރު ދައްކައިގެން "ހައްޔަރުކޮށްފައިވާ" ކަމަށެވެ.
Aa Aharakaa Kurimathilaa Iru Sarukaarun Vanee Rayyithun Obialhuvai, QA In Komme Rayyithakah Libidhey Haggu Thakaai Minivankan Nigulhai Genfa!! 1/4
އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސްތަކަށާއި ނޫސްވެރިންނަށް ބިރުދައްކަމުންދާ ކަމަށެވެ. އަދި ޚިޔާލުފާޅުކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
Sarukaaruge Siyaasathaa Dhekolhah hulhuvailaa Komme Angaeh Gommushuge Baaru Dhakkaa Qaanoonee Imun Beyrun Vanee Hayyaru Koffa!! 2/4
މީގެ އިތުރުން، އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ފަރާތްތައް ގާނޫނު އަސާސީއާ ޚިލާފަށް ޖަލުގައި ބަންދުކޮށްފައިވާ ކަމަށެވެ.
Sarukaaruge Siyaasathu Thakah Faadu Kiyaa Noos Majallaa Thakaai Vebsite Thakaai Noosverinnah Vanee Birudhekkai, Khiyaalu Faalhu Kurumah Gonjehun Thakaa Kurimathi Laanjehifa!! 3/4
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވި ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ބުނަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސަރުކާރުން ވަނީ ރައްޔިތުން އޮބިއަޅުވައި، ހައްގުތައް ނިގުޅައިގަނެފައި: އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ