ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ބަލައިގަނެ ކުޑައިރުކޮޅެއް ކުރިން އެކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާނު ކުރެއްވުމާއެކު ފަލަސްތީނުގެ ރައްޔިތުން ރަފާ ބޯޑަރު ސަރަހައްދަށް އެއްވެ އެ ރައްޔިތުންގެ ޝުއޫރުތައް ފާޅު ކުރަން ފަށައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފަލަސްތީނުގެ ރައްޔިތުން އަންނަނީ އެ ބޯޑަރު ސަރަހައްދަށް އެއްވަމުންނެވެ. އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯ އާއި އިޒްރޭލުގެ ދިދަ އަންދަމުންނެވެ.
ގުދުސް އަކީ އިޒްރޭލުގެ ވެރިރަށްރަކަމުގައި ބަލައިގަނެ އެމެރިކާއިން އެކަން އިއުލާނު ކޮށްފައިމިވަނީ މުސްލިމް ގައުމުތަކުން އެކަމާއި ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ.
ރަފާ ބޯޑަރު ސަރަހައްދަށް އެއްވެ ފަލަސްތީނު ރައްޔިތުން ޝުއޫރު ފާޅުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ