ތިނަދޫން ކަރަންޓު ކެނޑިއްޖެ

ގދ. ތިނަދޫ އިންޖީނުގޭގައި ބޭނުންކުރަމުން އައި އިންޖީނަކަށް މައްސަލަ ދިމާވެ، މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ރަށުން ކަރަންޓު ކެނޑިފައިވަނީ މިރޭ 7:00 އެހާކަށްހާއިރެވެ. ތިނަދޫއަށް ވެސް ކަރަންޓު ދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
މިމައްސަލައާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަނުގެ އޮފިޝަލަކާ ހަވާލާދީ "ޕީއެސްއެމް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޖީނަކަށް ދިމާވެފައިވަނީ ޓެކުނިކަލް މައްސަލައެކެވެ.
އަދި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އައްޑޫ ސިޓީގައި ބޭނުން ކުރަމުން އައި އިންޖީނުތަކަށް މައްސަލަ ޖެހި ދާދި ފަހުންވެސް އައްޑޫގެ ރައްޔިތުންނަށް ވަނީ ގިނަ ތަކުލީފުތަކެއް ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ