ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ކެބިނެޓް އެކުލަވާ ނިމިއްޖެ
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ކެބިނެޓް އެކުލަވާ ނިމިއްޖެއެވެ.
އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވަނީ ފަނަރަ ބޭފުޅުންނެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކެބިނެޓަށް އެންމެ ފަހުން އައްޔަންކުރައްވާފައިވަނީ އެޓަރނީ ޖެނެރަލްކަމުގެ މަޤާމެވެ. އެޓަރނީ ޖެނެރަލް ކަމުގެ މަޤާމަށް ރޭ އައްޔަންކުރައްވާފައިވަނީ އަލްއުސްތާޛު މުޙައްމަދު އަނިލްއެވެ.
އެޓަރނީ ޖެނެރަލްކަމުގެ މަޤާމަށް އަނިލް އައްޔަންކުރެއްވުމަށް ރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލާ ނިމުނީ ކަމަށެވެ. އަދި އެމަނިކުފާނު ކެބިނެޓަށް އައްޔަންކުރައްވާފައިވަނީ މިވަގުތު މިމަޤާމްތަކަށް އައްޔަންކުރެއްވުމަށް އެމަނިކުފާނަށް ފެނިވަޑައިގެންނެވި އެންމެ ޤާބިލް ބޭފުޅުންކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ