ފުލުހުން ހޯދާ މީހުންގެ ތެރޭގައި ޝިނާން ނުހިމެނޭ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗް ފިނިފެންމާގައި ދިން ބޮމުގެ ހަމަލާގެ ތަޙްޤީޤަށް ފުލުހުން ހޯދަމުންދާ މީހުންގެ ތެރޭގައި ހުސެއިން ޝިނާން ނުހިމެނޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ނަމަވެސް ރިޔާސީ ލޯންޗްގައި ދިން ހަމަލާ ތަޙްޤީޤް ކުރަން އެކުލަވާލި އިންކްއަރީ ކޮމިޝަނުން ހޯދަން އިއުލާން ކުރި މީހުންގެ ތެރޭގައި ޝިނާން ހިމެނެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުމަށް ފަހު ޝިނާން މިހާރު ރާއްޖެ އައިސްފައި ވާއިރު އޭނާ ހައްޔަރުކޮށްފައި ނުވާތީ ފުލުހުންނާއި ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ފުލުހުން ހޯދަން ބޭނުންވާ މީހުންގެ ލިސްޓް ވާނީ އާންމުކޮށްފައި" ކަމަށެވެ.
ފުލުހުން ކުރިން އާންމުކޮށްފައިވާ ލިސްޓްގައި ވެސް ޝިނާންގެ ނަމެއް ނުހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ