މާލޭގެ ގެެއެއްގެ ތެރޭގައި އިއްޔެ ހިންގި މާރާމާރީއެއްގައި އުމުރުން 64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ހަމަލާދިން 32 އަހަރުގެ އަންހެންމީހާ ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން އިއްޔެ ބުނި ގޮތުގައި، ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދިނީ، "ލޯބީގެ ގޮތުން ގުޅިގެން އުޅޭ" އެ ދެ މީހުންގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ކަމަށެވެ. މި ދެ މީހުންނަކީ ވެސް ދިވެހިންނެވެ.
މާލޭގެ ގެއެއްގެ ތެރޭ ހިނގި މި ޒުވާބުގައި ހަމަނުޖެހުން ހިންގައި އެކަކު އަނެކަށް ހަމަލާދީ މާރާމާރީ ހިންގާފައިވަނީ އިއްޔެ ހެނދުނެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނީ އަންހެން މީހާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާއަށް ފަރުވާދީފައިވެ އެވެ. މި މާރާމާރީގައި އަންހެން މީހާއަށް ވެސް އަނިޔާވެގެން ފަރުވާދީފައިވެ އެވެ. އެކަމަކު އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
64 އަހަރުގެ ލޯބިވެރިޔާއަށް ހަމަލާދިން އަންހެން މީހާ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ