މެޑްރިޑް (ނޮވެމްބަރު 1) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސް ގައުމީ ޓީމުގެ ފޯވާޑް، ކީލިއަން އެމްބާޕޭ ގިނަ އަހަރުތަކެއް ވަންދެން އެ ޓީމަށް ކުޅެން ބޭނުންވާ ކަމަށް ބުނެފި އެވެ.
ޕީއެސްޖީ ދޫކޮށް މިދިޔަ އަހަރު ރެއާލަށް ބަދަލުވި އެމްބާޕޭ، 26، ވަނީ ފުރަތަމަ ސީޒަނުގައި ރެއާލަށް ސްޕެނިޝް ލީގުގައި 31 ގޯލު ޖަހައިދީ ޔޫރަޕްގެ ފުޓްބޯޅައިގެ ރަން ބޫޓު ހޯދައިފަ އެވެ. ރެއާލުގައި ދެ ވަނަ ސީޒަން ފަށައިގެން މިހާތަނަށް މި ފަހަރު އެމްބާޕޭ ވަނީ 16 މެޗުން 17 ލަނޑު ޖަހައި، ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ރެއާލާ އެކު ފުރަތަމަ ސީޒަނުގައި، އިންޑިވިޖުއަލީ ދިޔައީ ބޭނުންވި ގޮތަށް ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ.
"އެކަމަކު، އަހަރެން ރެއާލަށް އައީ ބޮޑެތި އުންމީދުތަކެއް ހާސިލްކޮށް، ޓީމު ކާމިޔާބީތަކެއް ހޯދުމަކީ މައިގަނޑު އެއް އަމާޒު، އުންމީދަކީ އެކަންކަން ހާސިލްކޮށް ގިނަ އަހަރުތަކެއް ވަންދެން ރެއާލަށް ކުޅުމަށް، އެއީ ބޮޑު ޓާގެޓަކީ،" ރަން ބޫޓު ހަވާލުކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްބާޕޭ ބުންޏެވެ.
އޭނާ ވަނީ މިދިޔަ ސީޒަނުގައި އޭނާގެ ކާމިޔާބީ އަކީ، އާ ޓީމަކަށް އައިސް ހޭނުމަށްޓަކައި، އެ ޓީމުގެ މާހައުލު ތެރޭގައި ކުރި މަސައްކަތަށް މުޅި ޓީމުން ދިން އެއްބާރުލުމުގެ ނަތީޖާ ކަމަށް ބުނެފަ އެވެ.
ޕީއެސްޖީ އަށް ކުޅެދިން 306 މެޗުގައި އެމްބާޕޭ ވަނީ 256 ގޯލު ޖަހާ 96 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އަދި ޕީއެސްޖީއާ އެކު ހަތް ފަހަރު ފްރެންޗް ލީގު ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގައި އޭނާ އެންމެ ބޭނުންވީ ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރާށެވެ. އެކަމަކު، އެކަން ހާސިލްނުވެ، އެމްބާޕޭ ސޮއިކުރި ރެއާލް އަކީ، ޗެމްޕިއަންސް ލީގު 15 ފަހަރު ކާމިޔާބުކޮށްފައިވާ، އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ރެއާލާ އެކު އެމްބާޕޭ، 24، ހަދާފައިވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ.
އެމްބާޕޭ ގިނަ އަހަރުތަކެއް ވަންދެން ރެއާލަށް ކުޅެން ބޭނުން އެމްބާޕޭ ގިނަ އަހަރުތަކެއް ވަންދެން ރެއާލަށް ކުޅެން ބޭނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ