އުރީދޫ ފަން ރަންގެ މިއުޒިކް ޝޯ މިރޭ؛ ކަޔާނޯ އަދި ބޭންޑްތަކުގެ މެންބަރުން ސޮއިކުރި ހާއްސަ ޓީޝާޓުތަކެއް ބެލުންތެރިންނަށް އުރީދޫ ފަން ރަންގެ މިއުޒިކް ޝޯ މިރޭ؛ ކަޔާނޯ އަދި ބޭންޑްތަކުގެ މެންބަރުން ސޮއިކުރި ހާއްސަ ޓީޝާޓުތަކެއް ބެލުންތެރިންނަށް

އުރީދޫ ފަން ރަންގެ ފޯރިގަދަ ދުވުމުގެ ކުރިން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބާއްވާ މިއުޒިކް ޝޯ ބަލަންދާ ފަރާތްތަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ކަޔާނޯ އާއި އަދި މިއުޒިކް ޝޯގައި ކުޅޭ ބޭންޑުތަކުގެ މެންބަރުން ސޮއިކުރި، ފަން ރަންގެ ލިމިޓެޑް އެޑިޝަންގެ ޓީޝާޓު ބަހާނެ އެވެ.
މިއުޒިކް ޝޯ އޮންނާނީ މިރޭ 8:00 އިން 12:00 އަށެވެ. މި ފޯރިގަދަ ޝޯގައި ރާއްޖޭގެ މަގުބޫލު ހަބޭސް ބޮޑުބެރު، އިކުއެޓިކް ވައިބް، ސިމްބޮލިކް ރިކޯޑްސް އަދި ޓްރެފިކް ޖޭމް ފެނިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްއިން ބުނި ގޮތުގައި މި ޝޯގެ އެންމެ ހާއްސަ އެއް ހަރަކާތަކީ، ޕާފޯމްކުރާ ބޭންޑްތަކުގެ މެމްބަރުންނާއި މަޝްހޫރު ލަވަކިޔުންތެރިޔާ ކަޔާނޯ ސޮއިކޮށްފައިވާ "އުރީދޫ ފަން ރަން ލިމިޓެޑް އެޑިޝަން" ޓީޝާޓްތައް ބެލުންތެރިންނަށް ބެހުމެވެ.
ކޮންމެ ބޭންޑެއްގެ ޕާފޯމަންސް ކުރިއަށްދާއިރު، އެ ބޭންޑެއްގެ މެމްބަރުން ސޮއިކޮށްފައިވާ މި ހާއްސަ ޓީޝާޓްތައް ބެލުންތެރިންގެ ތެރެއަށް އުކާނެ އެވެ.
މިއީ ފަން ރަންގެ ބައިވެރިންނަށާއި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ފޭވަރިޓް އާޓިސްޓުންގެ ސޮއި ކުރި ހަނދާނީ ހަދިޔާއެއް ހޯދުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
މިރޭގެ ޝޯއަކީ ހަމައެކަނި މިއުޒިކްގެ އިތުރުން، އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
"އުރީދޫ ފަން ރަން" އަކީ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ދުވުމެވެ. މި އަހަރުގެ ދުވުންވެސް ކުރިއަށްދާނީ ކުލަޖެހުމާއި، ފެން ޖެހުމުގެ އިތުރުން ތަފާތު ފޯރިގަދަ ހަރަކާތްތަކާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ