ގެއްލުނު ދޯނި ހޯދީ ޑްރޯންގެ އެހީގައި ކަމަށްބުނެ އެމްއެންޑީއެފްއިން ހެދީ ދޮގު! ދޯނި ފެނިފައިވަނީ މަހަށް ނުކުމެ އުޅުނު ދޯންޏަކަށް ގެއްލުނު ދޯނި ފެނިގެން ރިޕޯޓު ކުރުމުން!

މ. ރަތްމަންދޫ ބޭރުން ތިން މީހުންނާއެކު ގެއްލުނު ކަމަށް ބުނާ ކުޑަ ޑައިވް ދޯނި ގެއްލުނުތާ 14 ގަޑި އިރުފަހުން ދާނި ފެނުނީ ޑްރޯންގެ ބޭނުން ކޮށްގެންކަމަށް ބުނެ އެމްއެންޑީއެފްއިން ދޮގު ހަދައިފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނެފައިވަނީ އެ ދޯނި ހޯދުމަށް 440 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމުގައެވެ. އަދި އެއަށްފަހު މިއަދުގެ މެންދުރުގެ ފަހުގެ ވަގުތެއްގައި އެމްއެންޑީއެފްއިން ބުނީ ރަތްމަންދޫގެ 23 ނޯޓިކަލް ބޭރުން ދޯނި ހޯދިފައިވާ ކަމަށެވެ. އަދި ދޯނި ހޯދިފައިވަނީ ޑްރޯންގެ ބޭނުން ކުރުމުންކަމަށް ދޭހަވާގޮތަށް އެމްއެންޑީއެފްއިން ވަނީ ދޮގު މައުލޫމާތު މީޑިއާތަކުގައި ފަތުރާފައެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި ވިދާޅުވެފައިވަނީ ދޯނި ފެނިގެން ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ މަސްވެރި ދޯންޏެއް ކަމުގައެވެ. އަދި އެމައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ޑްރޯން ބޭނުން ކޮށްގެން ދޯނި އޮތް ސަރަހައްދަގެ ފޮޓޯތައް ނަގާ އެކްސްގައި އާންމު ކޮށްފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ