ހަ ރޯދައިގައިވެސް ޗަމްޕާ ބްރަދާސްއިން ކަރާ ބަހަނީ

ހަ ރޯދަވެރިންނަށް ބަހަން ޗަމްޕާ ބްރަދާސް އިން 25 ޓަނުގެ ކަރާ ހަދިޔާކޮށްފި އެވެ.ހަ ރޯދަވެރިންނަށް ހާއްސަކޮށްގެން ޗަމްޕާ ބްރަދާސްގެ ކަރާތައް ވެސް ބަހަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީ މެދުވެރިކޮށެވެ.ޗަމްޕާ ބްރަދާސް އިން މިއަދު ބުނީ، މި އަހަރުގެ ރޯދަމަހަށް ގެނައި ފަހު ޝިޕްމެންޓު އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.އެ ތަކެއްޗާއެކު، ޗަމްޕާ ބްރަދާސް އިން ވަނީ މިދިޔަ ރޯދަމަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް 95 ޓަނުގެ ކަރާ އާއި 75،000 ކާއްޓާއި 10 ޓަނު ފިޔާ އަދި 10 ޓަނު އަލުވި ބަހައިފަ އެވެ.ޗަމްޕާ ބްރަދާސްއަކީ، ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށް އަދި ޖަމާއަތުގެ ތަރައްގީއަށްޓަކައި ދީލަތި އެހީތަކެއް ވާ ކުންފުންޏެކެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ، ތަޢުލީމީ އަދި ސިއްހީ ކަންކަމާއި ކުޅިވަރާ އިޖްތިމާއީ ކަންކަމުގައިވެސް ފަރުދުންނަށާ ޖަމާއަތްތަކަށް ޗަމްޕާ ބްރަދާސް އިން އަބަދު ވެސް އެހީވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ