"އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސް" އަށް އައު މެމްބަރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރައްވައިފި

އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސްގެ އާ މެމްބަރުންގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޑރ. މޫސާ އަންވަރު ޙަސަން އާއި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ. 
ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖެގެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެމްބަރުކަމަށް ޑޮކްޓަރ ޢަލީ ޒާހިރު، މ. ހިތިމާގެ އާއި މިޤާނޫގެ 9 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢައްޔަންކުރައްވާ މެމްބަރުކަމަށް ޏ. ފުވައްމުލައް، ދަނޑިމަގު، ރިހިވިލާގެ ޑޮކްޓަރު މޫސާ އަންވަރު ޙަސަންވެސް "އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސް" މަޖިލީހަށް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރައްވާފައެވެ.
އެހެންކަމުން "އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސް" މިހާރު ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- ފަޟީލަތުލްއުސްތާޛުއްޝައިޚު ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) - ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
2- ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، (ދަފްތަރު. ރސ ނަންބަރު 8104) - ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
އެހެންކަމުން "އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސް" މިހާރު ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- ފަޟީލަތުލްއުސްތާޛުއްޝައިޚު ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) - ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
2ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، (ދަފްތަރު. ރސ ނަންބަރު 8104) - ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
3- ޑޮކްޓަރ މޫސާ އަންވަރު ޙަސަން، (ދަނޑިމަގު، ރިހިވިލާގެ، ޏ. ފުވައްމުލައް) – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަން ކުރައްވާ މެމްބަރު
4- ޑޮކްޓަރ ޢަލީ ޒާހިރު، (މ. ހިތިމާގެ) - ދިވެހިރާއްޖޭހެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެމްބަރު
5- އައްޝައިޚް އިލްޔާސް ޙުސައިން، (ސިޕާރ، ސ. ހިތަދޫ)، – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަން ކުރައްވާ މެމްބަރު
ރައިސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރެއްވެވި 2 މެންބަރުންނަކީ ރައްޔިތުން އިތުބާރުކުރާ 2 މެންބަރުންކަމުގައިވީނަމަވެސް އެމަޖިލީހަކީ ރައްޔިތުން އިތުބާރުކުރާ މަޖިލީހަކަށް ހެދުމަށްޓަކައި ގެންނަޖެހޭ ބައެއް ބަދަލުތައް އެބަހުރިކަން ގިނަބައަކު ފާހަގަކުރެއެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ