ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަހަމަ ގޮތުގައި މަންފާ ހޯދާފައިވާ މައްސަލައާ ގުޅިގެން ޝަމްއާން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރެލްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަހަމަ ގޮތުގައި މަންފާ ހޯދާފައިވާ މައްސަލައާ ގުޅިގެން ޝަމްއާން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އެންމެ ފުރަތަމަ ބަންދު ކުރީ 15 ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވެ، މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ އޭނާ އެންމެ ފުރަތަމަ ބަންދުކުރި އަމުރު ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.
މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތުހުމަތު ކުރަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީ މީހެއްގެ އަތުން ފެނުނު 530،000 މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ކަމުގެ ތުހުމަތެވެ.ޑިޓެންޝަން ސެންޓަރަށް ގެންދިޔަ މީހާ ދޫކޮށްލުމަށްފަހު، ރާވައިގެން އެމީހާ އަތުން ފައިސާ ހޯދުމަށްފަހު، އެ ފައިސާތައް ގެންދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ އަމަލު ހިންގި ގޮތުގެ ތަފްސީލް ވެސް ފުލުހުން ވަނީ ކުރިން ކިޔައިދީފަ އެވެ.މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް 257،475 ރުފިޔާ އާއި 10،000 ޑޮލަރު އާއި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ