ވޭތުވެދިޔަ ތަނުން އިބުރަތް ހާސިލު ކުރުމަކީ މުސްތަގުބަލު ބައްޓަން ކުރުމަށް ލިބޭ އެންމެ ބޮޑު ބާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިފަދައިން ވިދާޅުވެފައި ވަނީ، 2008 ވަނަ އަހަރުން ފެށިގެން، 3 އަހަރުގެ މުއްދަތަކަށް ރާއްޖޭގައި ވެރިކަން ކުރެއްވި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހައްދަވައިފައިވާ ބައެެއް ގޯސްތައް ހިއްސާކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.
ރާއްޖޭގެ މައިދޮރޯށި ކަމުގައިވާ، އޭރުގެ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ވިއްކާލުމާއި، ދިރާގާއި ފެން ކުންފުނީގެ ހިއްސާ ވިއްކާލުމާއި، އަބްދުﷲ ގާޒީ ރަހީނު ކުރުމާއި، އައްޑޫ ސިޓީގައި ބުދު ބެހެއްޓުމާއި، ނަބިއްޔާ (ސ.އ.ވ)އަށް ފުރައްސާރަ ކުރުން ފަދަ ކަންކަން ނަޝީދުގެ ވެރިކަމުގައި ހިނގާފައިވާކަން، ޒަމީރު ހިއްސާ ކުރެއްވި ޓްވީޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ވާހަކަ ތަކަކީ ތެދުކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، ކޮންމެ މީހެއްގެ ޙަޔާތުގައިވެސް ކަންކަން ހިނގާދާނީ ވަކި ސަބަބުތަކަކާ ހުރެ ކަމަށްވާއިރު، މާޒީން އިބްރަތް ހާސިލު ކުރުން މުހިންމު ކަމަށެވެ.
އަދި ކަންކަމާ މެދު ވިސްނާ އިރު ސަމާލުކަން ދޭންވީ ހަގީގަތް ގަބޫލުކުރަން ކަމަށާއި ގޯސްތައް ތަޖުރިބާއިން ދަސްކޮށް އެކަމަށް އިތުރު ފުރުސަތު ނުދޭން ކަމަށެވެ.
”މާޒީގެ ތެރޭގައި ބަނދެވިފައި ނުހުރެ ކުރިއަށް ފިޔަވަޅު އަޅަން. ދިރިއުޅުމުގެ ނިންމުންތައް އިތުރަށް ފުރިހަމަކުރަން ވިސްނުން ތޫނުކުރަން.“ ޒަމީރު ވިދާޅުވިއެވެ.
މެމްބަރު ޒަމީރު ފާހަގަކުރެއްވީ، ނަޝީދުގެ މާޒީއަށް ބަލައި އިބުރަތް ހާސިލު ކުރުމުގެ މުހިންމުކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ