މޭޑޭ ހިނގާލުން ބާއްވައިފި

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭ ރާއްޖޭގައި ފާހަގަ ކުރުމަށް މާލޭގައި އިއްޔެ ހިނގާލުމެއް ބާއްވައިފި އެވެ.މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލްކުރާ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން އިންތިޒާމްކޮށްގެން އިއްޔެ ހަވީރު 4-6 އަށް ބޭއްވި މި ހިނގާލުމުގައި ރާއްޖޭގައި ހިންގާ އެކި މަސައްކަތްތެރިންގެ ޖަމިއްޔާތަކުން ވަނީ ބައިވެރިވެފަ އެވެ. އެ ހިނގާލުން ކުރިއަށް ގެންދިޔައީ ރަސްފަންނުން ފެށިގެން މަޖީދީ މަގުން އާޓިފިޝަލް ބީޗް ސަރަހައްދާ ހަމައަށެވެ.މި ހިނގާލުމުގައި ބައިވެރިވި ތަފާތު އެކި ޖަމިއްޔާތަކަށް ނިސްބަތްވާ މީހުން ވަނީ މަސައްކަތްތެރިންގެ ދިފާއުގައި އަޑު އުފުލައިފަ އެވެ.އެގޮތުން، ހިނގާލުމުގެ ބައިވެރިން ވަނީ އޮފް ނުދީ މަސައްކަތް ކުރުވުން ހުއްޓާލުމަށާއި، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ އިތުރުން މަސައްކަތްތެރިންނާ މެދު ގެންގުޅޭ ތަފާތު ކުރުން ނައްތާލުމަށް ގޮވާލާ ތަފާތު އެކިއެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ.މޭ އެއްވަނަ ދުވަސް ނުވަތަ "މޭޑޭ" އަކީ މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަ ދައްކައި، އިހުތިޖާޖުކޮށް އަދި އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކާ އޮންނަ މުހިއްމު ދުވަހެކެވެ.މަސައްކަތްތެރިންގެ ދުވަހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިނގާލުންތަކާއެކު ފާހަގަކުރާ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ