ބ. މާއްޑޫއަކީ ބަގީޗާގޭ ބޭފުޅުންގެ އާއިލީ ތަރިކަ މުދާގަނޑަކީ ތާއެވެ. ރަދުންގެ ޒަމާނުއްސުރެ މާއްޑޫ އޮތީ ބަގީޗާގެ އިބްރާހީމް ޝިހާބަށް ވަރުވާއަށް ލިޔެދީފައެވެ. އިބްރާހީމް ޝީހާބު އަވަހާރަވުމުން މާއްޑޫ ނަގުލުވީ އެބޭފުޅާގެ ހުވަފަތް އަނބިކަބަލުންނަށެވެ. އެގޮތުގައި ދުވަސް ކޮޅަކު މާއްޑޫ އޮތުމަށް ފަހު މާއްޑޫ ވެގެން ދިޔައީ އޭދަފުށީ ރައްޔިތުންގެ ރަށަކަށެވެ. އޭދަފުށީގައި ވަލުރުއްގަސް ނެތުމުން އޭދަފުށީ ރައްޔިތުންނަށް ކާއްޓާއި ދަރާއި ފަން ހޯދަން އޮތް ރަށަކަށް މާއްޑޫ ހާއްސަވިއެވެ.
ރާއްޖޭގެ ބޮޑެތި ފަޅުރަށްތައް މާލޭ " ބޭފުޅުންނަށް " ވަރުވާއަށް ލިޔެދީ އުޅުނީ ރަދުންގެ ޒަމާނުގައެވެ. ފަޅުރަށް ބޭފުޅުނަށް ލިޔެދިނުމުގެ އާދަ މައުމޫނުވެރިކަމުގެ ފަހުކޮޅު ވަނީ ނިމުމަކަށް އައިސްފައެވެ. އާއްމު މަސްލަހަތަށްޓަކައި ބައިބޯ ވަލުރުއްގަސް މަދު ބައެއް ރަށްރަށުގެ ރައްޔިތުންނަށް ރަށާއި ކައިރީގައި އޮންނަ ބައެއް ފަޅުރަށް ވަރުވާއަށް ލިޔެދީފައި ކުރިންވެސް ހުރެއެވެ.
ލާމަރުކަޒީ ގާނޫނު ތައާރަފްވެ މީހުން އުޅޭ ރަށްރަށުގެ އިހުތިސޯސް ހުންނަ ފަޅު ރަށްރަށް ބައެއް ރަށްރަށަށް ސަރުކާރުން ދެމުން ދެއެވެ. އެގޮތުން ބ. މާއްޑުއަކީ ވެސް އޭދަފުށިގެ ބައެއް ކަމަށް ރައީސް މުއިއްޒު ނިންމާފައިވާ ރަށެކެވެ. މާއްޑޫއަކީ ތޮއްޖެހިފައިވާ އޭދަފުށީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހާއްސަ ކުރެވުނު ރަށެއް ކަމަށް ކަނޑައަޅާ މާއްޑޫގައި އޭދަފުށީ ރައްޔިތުންނަށް ހާއްސަ ފްލެޓް ސްކީމެއް ހިންގަން މުއިއްޒު ކަނޑައެޅިއެވެ.
އެހެނެއް ކަމަކު ރައީސް މުއިއްޒަށް އޭދަފުށީ ރައްޔިތުންނަށް ވުރެ ބަގޯޗާގޭ މުހައްމަދު ޝީހާބު މިހާރު މުހިންމު ވެއްޖެއެވެ. ރިޔާސީ އިންތިހާބުގައި މުއިއްޒަށް އެންމެ ގިނަ ވޯޓުދިން އެއްރަށް ކަމަށްވާ އޭދަފުށީ ރައްޔިތުންނަށް ވުރެ ދެއިންތިހާބު އެއްކުރުމަށް ތާއީދު ކުރުމުން މ. ފަންނު ބަގީޗާގޭ މުހައްމަދު ޝިހާބު މުއިއްޒަށް މާ މުހިންމު ވެއްޖެއެވެ. އޭދަފުށީގެ ހިޔާވަހި ކަމުގެ ހައްލުކަމަށް މުއިއްޒު ހަދައިގެން އުޅުނު ބ. މާއްޑޫ އޭދަފުށީ ރައްޔިތުން އަތުން އަތުލާ އޭދަފުށީ ރައްޔިތުންނަށްވެސް މުއިއްޒު އެދިނީ ދޯކާއެވެ.
އިންތިހާބު އެއްކުރަން ޝިހާބުގެ ތާއީދު ހޯދަން އޭދަފުއްޓަށް ދިން ދޯކާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ