ކުކުޅު ފިހާރަ: ބޯވަދިލަމަސް ކޭހަކުން 150ރ އަގުހެޔޮ ކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނިކުރި ކާބޯތަކެތި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ބޯވަދިލަމަސް ކޭހަކުން 150ރ. އަގުހެޔޮ ކޮށްފި އެވެ.ގިނަބައެއްގެ މެދުގައި މަގުބޫލު ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، އެ ފިހާރައިން ކުރިން 1،490ރ. އަށް ވިއްކަމުން ދިޔަ ބޯވަދިލަމަހުގެ އެއް ކިލޯގެ 10 ޕެކެޓް ހިމެނޭ ކޭހަކުން 100ރ. ހެޔޮ ކުރުމާއެކު މިހާރު ކޭހެއް 1،340ރ. އަށް ލިބޭނެ ކަމަށެވެ.ރަހަ މީރު، ޖީބަށް ލުއި، ތާޒާ، ތަފާތު އުފެއްދުންތައް ކުކުޅު ފިހާރައިން ލިބެން ހުންނައިރު، އެ ފިހާރައިން ކައިރި ކައިރީގައި ހާއްސަ ޕްރޮމޯޝަންތައްވެސް ބާއްވަ އެވެ.ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ