ދިޔަމިގިލިން ކަރަންޓް ކެނޑިފައި އޮންނަތާ ދެ ދުވަސް ވެއްޖެ

އިއްޔެ ރެއިން ފެށިގެން ތ. ދިޔަމިގިލިން ކަރަންޓު ކެނޑި، ރަށުގައި ކަރަންޓް ނެތްތާ ދެ ދުވަސްވެއްޖެ ކަމަށް އެ ރަށު އިންޖީނުގެއިން ބުނެފި އެވެ.
އިންޖީނުގޭގެ މެނޭޖަރު އަހުމަދު މޫސާ މިއަދު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ފަތިހު 3:45 އެހާކަންހާއިރު މުޅި ރަށުން ކުއްލިއަކަށް ކަރަންޓް ކެނޑުނީ ކަމަށެވެ. ކަރަންޓްގެ ހިދުމަތް ކެނޑުނީ ހިންގޭ ހާލަތުގައި މިވަގުތު ހުރި 140 ކިލޯ ވޮޓްގެ ޖަނަރޭޓަރަށް މައްސަލައެއް ދިމާވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖަނަރޭޓަރުގައި އެއްވެސް ކަހަލަ މައްސަލައެއް އުޅޭ ކަމެއް )ކުރިން( އަޅުގަނޑުމެނަށް ފާހަގަ ކުރެވިފައެއް ނުވޭ، އެހެން ނަމަވެސް އެއް ޖަނަރޭޓަރުން ރަށަށް ރަނގަޅަށް ކަރަންޓް ނުދެވޭތީ އެ ވާހަކަ އޮންނާނީ ޔުޓިލިޓީސް ކުންފުންޏަށް އަންގާފައި،" މެނޭޖަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަނަރޭޓަރު ރަނގަޅުކޮށް ކަރަންޓް އަލުން ދިނުމަށް އިއްޔެ އިން ފެށިގެން މަސައްކަތްކުރަމުން އަންނަ ކަމަށާއި މައްސަލަ ހައްލު ކުރެވިފައި ނުވާތީ މިރޭ ވެސް ރަށަށް ކަރަންޓް ދެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. ރަށުން ކުއްލިއަކަށް ކަރަންޓު ދިޔައިރު، މިހެން ވެދާނެކަން ސައުތު ސެންޓްރަލް ޔުޓީލިޓީސް ކުންފުންޏަށް ކުރިން އަންގާފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ތަކުރާރުކޮށް ދަންނަވާފައި އޮންނާނީ އެއް ޖަނަރޭޓަރުން މި ރަށަށް ކަރަންޓެއް ނުދެވޭނެއޭ. އިތުރު ޖަނަރޭޓަރެއް ނުލިބޭ ނަމަ ކަރަންޓު ކެނޑިދާނެއޭ،" އަހުމަދު ވިދާޅުވި އެވެ.
ސަދަން ޔުޓިލިޓީސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހު މިއަދު ވިދާޅުވީ ދިޔަމިގިލީ ކަރަންޓުގެ މައްސަލައިގައި އެ ރަށު އިންޖީނުގޭގެ މެނޭޖަރަށް ގުޅުން ރަނގަޅުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ