އަބްދުﷲ ރައޫފް އިބްރާހިމް ޖުޑީޝަލް ސާވިސް ކޮމިޝަންގައި ހައިކޯޓް ތަމްސީލް ކުރުމަށް އެކޮމިޝަނުން އައްޔަން ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔަތެގައި މިމަގާމަށް ރައޫފް އައްޔަން ކުރައްވައި ރައޫފް ވަނީ ފަނޑިޔާރުގެ މަގާމަށް ހުވާ ކުރައްވާފައެވެ. އަދި ފަނޑިޔާރުކަމުގެ ހުވާ ރައޫފް އަށް ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
މި ރަސްމިއްޔާތުގައި ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުނުކަމުގެ ލިޔުން ރައޫފުއާ ރައީސް އަބްދުﷲ ޔާމީން ވަނީ ހަވާލު ކޮށްދެއްވާފައެވެ.
ޖޭއެސްއީއަށް ރައޫފް އައްޔަން ކުރައްވާފައި ވަނީ އެމަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު އަބްދުﷲ ހަމީދުގެ ދައުރު ހަމަވުމުންނެވެ.
އަބްދުﷲ ރައޫފް ޖޭއެސްއީ އަށް އަޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ