މެމްބަރު ނާޒިމް ޕޮލިހަށް ހާޒިރުވާން އަންގައިފި

އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފި އެވެ.
އެމްޑީޕީން ބުނީ މެންބަރު ނާޒިމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާ ޗިޓް ފޮނުވާފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތުހުމަތަކަށް ކަމަށް ބުނެފައިވާ ކަމަށެވެ.
ނާޒިމް ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:30 އަށެވެ.
މެންބަރު ނާޒިމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާ ޗިޓް ފޮނުވިއިރު ފަހަކަށް އައިސް ފުލުހުންގެ އިދާރާއިން ވަނީ ގުޅިފައިވާ ޕާޓީ ތަކުގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ތަކެއް ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ. އަދި މިހާރު ވެސް ގެންދަނީ ގުޅިފައިވާ ޕާޓީ ތަކަށް ނިސްބަތްވާ 14 މަޖިލިސް މެންބަރެއްގެ މައްސަލަ ޝަރުއީ މަރުހަލާތަކުގައި ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ