ގާސިމް ޔާމީނަށް މަރުހަބާ ދަންނަވައިފި

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި 63 ޕަސެންޓް ވޯޓުން އެ ޕާޓީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާފައިވާތީ އަބްދުﷲ ޔާމީނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ގާސިމް ވިދާޅުވީ ވާދަވެރި ރިޔާސީ ޕްރައިމަރީއެއްގައި ޔާމީން ކާމިޔާބު ހޯއްދެވި ކަމަށްޓަކައި މަރުހަބާ ދަންނަވާ ކަމަށާއި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އާއި ޕްރައިމަރީގެ ހިނގައިދިޔަ ވާދަވެރި ކެމްޕޭނަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވަމުން އަންނަކަން ދައްކައިދިން މަސައްކަތެއް ކަމަށެވެ.
ޕީޕީއެމްގެ 20795 މެންބަރުން ވޯޓްލި ރިޔާސީ ޕްރައިމަރީގައި ޔާމީން 13096 ވޯޓް ހޯއްދެވި އިރު އުމަރަށް ލިބި ވަޑައިގެންނެވީ 7450 ވޯޓެވެ. ޖުމްލަ 167 ފޮށި ބެހެއްޓި އިންތިހާބުގައި ބާތިލް ވޯޓުގެ އަދަދަކީ 249 އެވެ.
ޔާމީން ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން އުމަރު ވަނީ ބަލި ގަބޫލު ކުރައްވާ ޔާމީނަށް މަރުހަބާ ވިދާޅުވުމުގެ އިތުރުން އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ޔާމީނާއެކު އަންނަ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދޭން މަސައްކްތަ ކުރަން ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން މި ހިސާބުން ނިމުނީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ