15 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީނަށް

ކަލާފާނު ސްކޫލް އަތުން 2-0 އިން މޮޅުވެ މަކީޓާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލް ހޯދައިފި އެވެ. ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޖަމާލުއްދީނުގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އިބްރާހިމް ލޫތެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އާއި މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔަކަށް ވެސް ހޮވުނީ ލޫތެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ޖަމާލުއްދީނުގެ އަހުމަދު ނީޝާމް ހޮވުނު އިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ކަލާފާނުގެ ރިޝްވާން އަހުމަދެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ކަލާފާނުގެ ސައިފާން އަހުމަދު މަނިކު ހޮވުނު އިރު އެންމެ މޮޅު ފޯވާޑަކީ ދަރުމަވަންތަ ސްކޫލުގެ އަހުމަދު ފިރާޝް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް އިމާދުއްދީނުގެ މުހައްމަދު އަނަސް ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔަކީ ކަލާފާނުގެ މުހައްމަދު ޝަފްރާޒެވެ. ފެއާޕްލޭ ސްކޫލަކީ ކަލާފާނެވެ. ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމަށް ތަށި ދެއްވީ އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ