“މިސްކިތް ބަންދު ކުރަންޏާ މަޖިލިސް ވެސް ހުއްޓުވޭނެ: ޑރ. ނިޔާފް” މިސުރުހީއަށް ލިޔެފައިވާ ހަބަރަކަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ރައްދު ދެއްވި ގޮތުން ބައެއްފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފިއެވެ.
ބޮޑު ބަލިމަޑުކަމެއް ފެތުރި، ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިސްކިތްތައް ބަންދުކުރާ ހާލަތެއް އަންނަ ނަމަ، ރައްޔިތުނަގެ މަޖިލިސް ވެސް ބަންދުކުރެވޭނެ ކަމަށް ޑރ. އަލީ ނިޔާފް ބުނެފައިވާ ޙަބަރަށް ރައްދު ދެއްވަމުން ޓުވިޓަރގައި ވަރަށް ހަރަކާތްތެރިކޮން ފެނިވަޑައިގަންނަވާ އެމްޕީ ޝިފާއު ބުނެފައިވަނީ މަޖްލިސްއާއި އަޅައި ގަނެގެން ތި އުޅުއްވަނީ ހާދަވަރަކަށް ކަމަށެވެ.
އެހަބަރަށް ރައްދު ދެއްވަމުން ބުނެފައިވެއެވެ.
ޑރ. ނިޔާފް މިހެން ވިދާޅުވީ ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް މަޝްވަރާ ހޯދުމަށް ރޭ ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޑރ. ނިޔާފް ވިދާޅުވިއެވެ.
މީގެ އިތުރުން އެޓުވީޓަށް ރައްދު ދެއްވި ގިނަބަޔަކަށް ޝިފާޢު ވަނީ ޖަވާބު ލީފައެވެ. އެގޮތުން ޤަޢުމީ ޚިދުމަތަކަށް ކުރެއްވީ ކޮންކަމެއްތޯ އެއްސެވުމުން ޖަވާބުގައި ބުނެފައިވަނީ މިހާލަތުގައިވެސް ގައުމުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވާ ފާރަވެރިކުރެވޭނީ މަޖިލިސް ފަންކްޝަން ކޮށްގެން ކަމަށެވެ.
ޑރ ނިޔާފް އެދައްކަވަނީ މަޖިލިސް ޑިސްއިންފެކްޓް ކުރާ ވާހަކަކަށް ކަމަށް އިތުރު މީހަކު ބުނެފައިވުމުން އެކަމަށް ޝިފާޢު ބުނެފައިވަނީ އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމަކީ މަޖިލީހުން ބަރާބަރަށް ކުރާކަމެއްކަމަށް ވިދާޅުވެފައިވެއެވެ.
ޝިފާޢުގެ މި ޓުވީޓަށް ހިތްހަަމ ނުޖެހިގެން އެތައްބަޔަކު ރިޕްލައި ކޮށްފައިވާއިރު މިއެއްވެސް ޓުވިޓަކަށް ރިޕްލައި ކޮށްފައެއް ނުވެއެވެ. ޝިފާޢު އަކީ ޓުވިޓަރގައި ވަރަށް ހަރަކާތްތެރިކޮން ފެންނަ މެންބަރެކެވެ.
“ހާދަ ވަރަކަށް މަޖްލިސް އަށް އަޅައި ގަނެގެން، ހަޖަމް ނުވާ މީހުން އުޅޭ ދޯ”: އެމްޕީ ޝިފާޢު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ