އެމްޓީސީސީ އިން ކުރިއަށް ގެންދާ ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ 77 އިންސައްތަ ނިންމައިފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ 77 އިންސައްތަ ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނެފައިވަނީ ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ 77 އިންސައްތަ ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
12 ޖޫން 2019 ގައި. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫޢަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ