ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި އެޕާޓީގެ ކުރީގެ ރަޖިސްޓްރާ މައުމޫން އަބްދުއް ސަމަދު (މާންބެ) ކައުންސިލް މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ އޭނާގެ އިސްތިއުފާގެ ސިޓީ ރޭ 9:30 އެހާއިރު ޕާޓީގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.
"މިހާރު ދެން އަޅުގަނޑު މިއީ ހަމަ ޖުމްހޫރީ ޕާޓީގެ އާންމު މެންބަރެއް. އަޅުގަނޑު ކައުންސިލުން އިސްތިއުފާ ދިނުމާއި ގުޅިގެން އަޅުގަނޑާ ހަވާލުވެފައި ހުރި ބައެއް ކޮމިޓީ ތަކުން ވެސް އޮޓޮމެޓިކުން އަޅުގަނޑު އިސްތިއުފާ އެ ދެވުނީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ޖުމްހޫރީ ޕާޓީގެ ކައުންސިލުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ ރަޖިސްޓްރާގެ މަގާމުން މިދިޔަ ހަފްތާ ވަކިކުރައްވާފައިވަނިކޮށެެވެ.
މައުމޫން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން އިސްތިއުފާ ދެއްވީ ރަޖިސްޓްރާގެ މަގާމުން ވަކިކުރި މައްސަލައާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ޓިކެޓު ދިނުމުގައި އަމަލުކުރި އުސޫލާއި މެދު ހިތްހަމަނުުޖެހޭތީ ކަމަށެވެ.
ޖޭޕީގެ ކައުންސިލުން މައުމޫން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ