ފަސް އަހަރަށްފަހު އިހްޔާ ޕްރޮގްރާމްގައި މިރޭ ރައީސް މައުމޫން

ރަމަޟާން މަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ އިހްޔާ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާ މިރޭ އޮންނާނެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ ވިދާޅުވީ، މި ރޯދަ މަހު ބާއްވާ އިހްޔާ ޖަލްސާތައް އޮންނާނީ، ކޮންމެ އާދީއްތަ ދުވަހުގެ ރެއާއި ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ. އާއްމުކޮށް ހުޅުވާލާފައިވާ އިހްޔާ ޖަލްސާ ފަށާނީ ރޭގަނޑު 9:30 ގަ އެވެ.
ދިދީ ވިދާޅުވީ އިހްޔާ ޕްރޮގްރާމް މިރޭ ފަށާއިރު މިރޭ ބާއްވާ ޖަލްސާގައި ތަގުރީރު ކުރައްވާ ދީނީ ނަސޭހަތްދެއްވާނީރާއްޖޭގެ ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބުދުލް ޤައްޔޫމް ކަމަށެވެ.
ރޯދަ މަހުގެ ރޭތެ ދިރުވާ އިހުޔާ ކުރުމުގެ ޕްރޮގްރާމް ފެއްޓެވީ ރައީސް މައުމޫނެވެ. މިީ އެމަނިކުފާނު ވެރި ކަމުން ވަކިވެ ވަޑައިގެންނެވި ފަހުން އެ ޕްރޮގްރާމްގެ ޖަލްސާ އެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްވާ ފުރަޖަމަ ޖަލްސާއެވެ.
އިސްލާމިކް މިނިސްޓްރީން އާދީއްތަ ދުވަހުގެ ރެއާއި ބުރާސްފަތި ދުވަހުގެ ރޭ އިހްޔާ ކުރުމުގެ ޖަލްސާ ބާއްވާއިރު، މައުމޫން ފައުންޑޭޝަނުގެ ފަރާތުން ބާއްވާ އިހްޔާ ކުރުމުގެ ޖަލްސާ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މި އަހަރު ބާއްވަ އެވެ.
މައުމޫން ފައުންޑޭޝަނުގެ އިހްޔާ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާގައިވެސް ދީނީ ނަސޭހަތް ދެއްވާނީ ރައީސް މައުމޫނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ