ތިން މަސްދުވަހަށް ހުޅުމާލެއަށް ނޭރުމަށް މީހެއްގެ މައްޗަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޝަރުތު ކޮށްފިއެވެ.
ހުޅުމާލެ ކޯޓުން ތިން މަސްދުވަހަށް ހުޅުމާލެއަށް ނޭރުމަށް ޝަރުތު ކޮށްފައިވަނީ ކ.މާލެ، ދަފްތަރު ނަމްބަރު:5624، އަހުމަދު ޝައިރަފް އަބްދުއްރަހީމް (19އ) ގެ މައްޗަށެވެ.
އޭނާގެ މައްޗަށް އެގޮތަށް ހުޅުމާލެ ކޯޓުން ޝަރުތު ކޮށްފައިވަނީ މިއަހަރުގެ ޖުލައި 06 ވަނަދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުރި ފިހާރައަކަށް ވަދެ އެފިހާރައިގެ ސޭޓަށް ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު ފައިސާ ފޭރެން މަސައްކަތްކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ.
ޝައިރަފް އަކީ މީގެކުރިންވެސް ވައްކަމާއި މަސްތުވާތަކެތީގެ އިތުރުން މާރާމާރީގެ މައްސަލަތަކުގެ ގިނަ ރެކޯޑް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އޮންނަ މީހެއްކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، މާރާމާރީ ހިންގުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގުކޮށް 2009 ވަނައަހަރު ވަނީ ޕީޖީއަށް ފޮނުވާފައެވެ. މީގެ އިތުރުން ޝައިރަފަކީ މަގުބޫލު ސަބަބެއްނެތި އާއްމު ތަންތަނުގައި ތޫނު އެއްޗެތި ގެންގުޅުނުކަމުގެ ކުށްސާބިތުވެ 2012 ވަނައަހަރު އޭޕްރީލްމަހުގެ 22 ވަނަ ދުވަހު 4 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ މީހެކެވެ.
ޝައިރަފަކީ 2013 މޭ 5 ވަނަ ދުވަހުން ފެށިގެން އެއްމަސްދުވަސްވަންދެން ހުޅުމާލެއަށް ނޭރޭގޮތަށް މީގެ ކުރިންވެސް ހުޅުމާލޭ ކޯޓުން ޝަރުތު ކޮށްފައިވާ މީހެކެވެ.
ދެވަނަ ފަހަރަށް ހުޅުމާލެއަށް ނޭރުމަށް ކޯޓުން ޝަރުތުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ