ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުރައްވާ މަސައްކަތަށް އުމަރު ނަސީރު ތާއީދުކުރައްވާ ސެލިއުޓު ނަންގަވައިފިއެވެ.
ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފާރިސް މައުމޫނާއި ގާސިމް އިބްރާޙިމް އަދި ދެންވެސް ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުން މަޖިލީހުގެ ރައީސް ބޭރުކުރުމަށް ކުރައްވާ ހިތްވަރަށް ސެލިއުޓު ކުރައްވާ ކަމަށެވެ.
ޓުވީޓުގައި އުމަރު ވަނީ މަސީހަށް ނޫނެކޭ ބުނާ ހޭޝްޓެގުވެސް ބޭނުން ކުރައްވާފައެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އަންނަ ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް ނިންމާފައިވާ އުމަރުގެ ކޮރަޕްޝަނުގެ މައްސަލައެއް ދާދި ފަހުން އޭސީސީ އިން ވަނީ ބަލަން ފަށާފައެވެ.
ނަމަވެސް އުމަރު ވިދާޅުވެފައިވަނީ އޭނާ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިނުވާނެ ކަމަށާއި ހާސްކަމެއް ނެތް ކަމަށެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން އަންނަނީ ވޯޓު ކާމިޔާބު ނުކުރެވޭނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ.
މަސީހު ބޭރުކުރުމަށް ކުރާ މަސައްކަތަށް އުމަރު ސެލިއުޓު ނަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ