އައްޑޫ ސިޓީގެ މިސްކިތެއްގައި ޝެއިޚް އިލްޔާސްގެ ދަރުސެއް ކުރިއަށް ދަނިކޮށް މިސްކިތް ހިމެނޭ ސަރަހައްދުން ކަރަންޓް ކަނޑާލައިފި

އައްޝައިޚް އިލްޔާސް ހުސެއިން ފުރުޤާން މިސްކިތުގައި ދަރުސެއް ދެއްވަނީ: ދިއިސްލާމް ފޮޓޯ:އިބްރާހިމް އަޝްވާޤްއައްޑޫ ސިޓީގެ މިސްކިތެއްގައި ޝެއިޚް އިލްޔާސް ހުސައިންގެ ދަރުސެއް ކުރިއަށް ދަނިކޮށް މިސްކިތް ހިމެނޭ ސަރަހައްދުން ބަޔަކު ކަރަންޓް ކަނޑާލައިފި އެވެ.މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިޝާނަމާދަށް ފަހު ހިތަދޫ މަސްޖިދުލް އިކްރާމްގައި އިލްޔާސް ދަރުސް ފެށިތަނާ މިސްކިތް ހިމެނޭ ސަރަހައްދުން ބަޔަކު ކަރަންޓް ކަނޑާލިކަމުގައިވީނަމަވެސް މިކަމުގެ ސަބަބުން އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާކަމަށް ދަރުސް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.ދަރުސް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ފަރާތެއް ދި އިސްލާމްއަށް މަޢުލޫމާތު ދެއްވަމުން ހާމަކޮށްފައިވަނީ މިދަރުސް ފެށުމުގެ ކުރިން އެފަދަ ކަމެއް ކުރާނެ ކަމުގެ އިންޒާރު ޝެއިޚް އިލްޔާސްއަށް ދީފައިވާކަމަށް އެދަރުސްގައި ޝެއިޚް ހާމަކުރައްވާފައިވާ ކަމަށެވެ.ދަރުސް އިންތިޒާމް ކުރިފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އިލްޔާސް އެ މިސްކިތުގައި ދަރުސްދޭން ފެށިތަނާ ކަރަންޓް ކަނޑާލުމަށް ފަހު އަލުން ކަރަންޓް ދީފައި ވަނީ ބައިގަޑި އެއްހާއިރުކޮށްފައި ކަމަށާއި ނަމަވެސް ދަރުސް ހުއްޓާނުލާއި ކުރިއަށް  ގެންގޮސްފައިވާ ކަމަށެވެ.އަދި މިކަމަކީ ދީނީ އިލްމްވެރިންނަށް ހުރަސް އެޅުމުގެ ގޮތުން ބަޔަކު ރާވައިގެން ކުރަމުންދާ ކަމެއް  ކަމަށް ވެސް ދަރުސް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު ބުންޏެވެ.ޝެއިޚް އިލްޔާސް ރޭ ގެ ދަރުސްގައި ވާހަކަ ދެއްކެވީ ނަމާދު ކުރުމާއި، އެއްބައިވަންތަކަމާއި ގުޅޭ ގޮތުންނެވެ.ޝެއިޚް އިލްޔާސްގެ ދަރުސް ކުރިއަށް ދިޔަ މިސްކިތް ހިމެނޭ ސަރަހައްދުން ރޭ ކަރަންޓް ކަނޑާލި އިރު އިލްޔާސްގެ ދަރުސްއެއް ބޭއްވުމަށް ހުއްދައަކަށް އެދުމުން އޭނާއަކީ ސިޔާސީ މީހެއްކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ އިލްޔާސް އައްޑޫގައި މިސްކިތްތަކުގައި ދަރުސް ދިނުމުގެ ހުއްދަ ނުދޭ ގޮތަށް ނިންމައިފަ އެވެ.އިސްލާމިކް މިނިސްޓަރ ރޭގެ ވަގުތެއްގައި ހާމަކޮށްފައިވަނީ ދިވެހި ރާއްޖޭގެ މިސްކިތަކާއި، ބެހޭ ޤަޢުމީ މަޖްލިސް އަލުން އެކުލަވައިލައި މިސްކިތްތަކާއި، އިމާމުން ވަރަށް އަވަހަށް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ