ކުޑަ ދަރިން ކޯޓުން ބޭރުގައި ކައިވެނި ކުރުވި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ކުޑަ ދަރިންނަށް އިހުމާލުވެ، ކޯޓުން ބޭރުގައި ކައިވެނި ކުރުވި މައްސަލައެއްގައި އއ. އުކުޅަހުން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ، ހަރުކަށި ފިކުރަށް ތާއީދުކޮށް، އެ ފިކުރު ފަތުރައި، ދަރިން ބެލުމުގައި އިހުމާލުވެ، އެ ކުދިން އަސާސީ ހައްގުތަކުން މަހުރޫމުކޮށް ބައެއް ދަރިން 18 އަހަރު ނުވަނީސް ކޯޓުން ބޭރުގައި ކައިވެނި ކުރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އއ. އުކުޅަހުން އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާ ހައްޔަރު ކުރީ މިއަދު މެންދުރު 11:44 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އިތުރު ތަފްސީލު އަންނަނީ ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ