ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައީ ރައްޔިތުން ކުށްވެރިކުރަން: ޝިޔާމް

ދިވެހިރާއްޖޭގައި އެފައްދާފައި އޮތް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް އިސްލާހުތަކެއް މި ސަރުކާރުން ގެނައީ ރައްޔިތުން ކުށްވެރިކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް މި ފަދައިން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުހައްގުން އިއްވާފައިވާ ޖަލު ހުކުމާ ދެކޮޅަށް އަޑު އުފުލުލަށް ޕީޕީއެމް ޕީއެންސީއިން ބޭއްވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ޕީޕީއެމް ޕީއެންސީ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްވަމުންނެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމައަށް ހިންގޭނެ ބަޔަކީ އެމްޑީޕީއޭ ބުނެ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައި ރައްޔިތުން ހޯދަމުން އަންނަ ފައިސާ ނުވަތަ އާމްދަނީ ދޮގާ މަކަރާ ހީލާތުގެ ތެރެއިން ސަރުކާރަށް ހޯދުމުގެ ބޭނުމުގައި ކަމަށާ އަދި އެއީ ރައްޔިތުން މަޅިއެއްގައި ބައްދާ އެ ރައްޔިތުން ކުށްވެރިކުރަން ގެނައި އިސްލާހުތަކެއް ކަމަށް ޝީޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މީގެ ކުރިން ރަށް ރަށަށް އޮތް އިހްތިސޯސުތަކާ މިހާރު ރަށްރަށަށް އޮތް އިހުތިސޯސް ތަކަށް ބަލާލުމުން އެކަން ހާމަ ވެގެން ދާނެ ކަމަށާ މިއީ ރައްޔިތުން ހޯދާ އާމްދަނީ ދައުލަތަށް ނެގުމަށް ޖަހައިގެން އުޅޭ މަޅިއެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.ޝިޔާމް ވަނީ  ކައުންސިލުތަކަށް ބާރު ދޭން ކަމަށް ބުނެ ފާސްކުރި ގާނޫނާ އެކު ކައުންސިލުން ޖެހެނީ ރައްޔިތުން އަމިއްލަ ރަށުގައި ތިބެގެން ހޯދާ އާމްދަނީ ހިފައިގެން އައިސް ފިނޭންސް މިނިސްޓްރީއާ ހަވާލު ކުރަންޖެހޭނެކަން ހާމަކުރައްވާފައެވެ. އަދި ހުރިހާ ކައުންސިލު ތަކުން ލިބޭ އާމްދަނީއަކުން 40 އިން ސައްތަ ކައުންސިލުތަކަށް ބަހާލާއިރު އެ އާމްދަނީން ލިބުނު 60 އިންސަތަ ދައުލަތަށް ނަގަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ސޯލިހު ސިޔާސީ ގޮތުން އައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ މުސާރަ ދޭން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.އޭނާ ފާހަގަކުރެއްވިގޮތުގައި އެމްޑިޕީން ކަންކަން ކުރަމުން ގެންދަނީ މަކަރާ ހީލާތުގެ ތެރެއިން ދޮގު ހަދަމުންނެވެ. ރައްޔިތުން ބާރުވެރި ކުރުވަން ކަމަށް ބުނެ ކައުންސިލުތަކަށް ބާރުދިނީވެސް އަމިއްލަ އެދުމެއް އޮވެގެން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ