ރައްޔިތުން ބޭނުންވާ ގިނަ ކަންކަން ކޮށްދީފިން - ރައީސް

ރައްޔިތުން އެދިވަޑައިގެންނެވި ގިނަ ކަންކަން މިހާރު ޙާޞިލުކޮށްދެވިފައި ކަމަށާއި ދިވެހިރައްޔިތުންނަށް މިހާރުވަނީ އުޖާލާ ރަންފަތިހަކަށް އަލިވިލިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 54 ވަނަ މިނިވަންދުވަހުގެ މުނާޞަބަތާ ގުޅިގެން ގައުމާ މުޚާޠަބުކުރައްވައި ދެއްވި ޚިޠާބުގައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙާޞިލުކުރެވިފައިވާ އަދި ޙާޞިލުކުރެވެމުންދާ ކާމިޔާބީތަކަށް ބަލާއިރު ތިލަދުންމަތިން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ތަރައްޤީއާއި ތަމައްދުންގެ ހެޔޮ ބަދަލެއް ތަޖުރިބާނުކުރާ ހަމަ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށެވެ.ރާއްޖޭގެ އެކި ސަރަޙައްދުގައި ހިންގަމުންދާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ގެންނަން މަސައްކަތްކުރެވެމެންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން މިއަދު ދިވެހި ރައްޔިތުންނަށް އުންމީދުގެ ރަން ފަތިހަކަށް އަލިވިލިއްޖެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަކީ އަދިވެސް ފުރިހަމަކުރަންއޮތް ބޮޑު މަސައްކަތެއްކަން އެ މަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. މި މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭ ޔޫތުސިޓީގައި ރައީސުލްޖުހޫރިއްޔާ ބިންގާއަޅުއްވައިދެއްވާފައިވާ ހިޔާ މަޝްރޫޢުއަކީ 17,100 ފްލެޓްގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ސަބަބުން 77,000 (ހަތްދިހަ ހަތް ހާސް) ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ