ޑައުން ސިންޑްރޯމް އެސޯސިއޭޝަން އަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިއްޔެ ޒިޔާރަތް ކުރައްވައިފި އެވެ.
އެސޯސިއޭޝަނުން ދެއްވި ދައުވަތަކަށް ރައީސް މައުމޫން، އެތަނަށް ވަޑައިގަތުމުން މަރުހަބާ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ އެސޯސިއޭޝަންނާ ބެހޭ މައުލޫމާތު ދެއްވާފައިވަނީ، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯލް އެސޯސިއޭޝަން ގެ ފައުންޑަރ ކަމަށްވާ އަޙްމަދު އަންސާމް އާއި އައިޝަތު ނަރުދާ އަދި އެސޯސިއޭޝަންގެ ޗެއަރޕާރސަމް އައިޝަތު ޝިފާއެވެ.
މި ޒިޔާރަތުގައި އެސެންޓަރުން ޚިދުމަތް ލިބިގަންނަމުންދާ ކުދިންނާ އެކު ރައީސް މައުމޫން ވަނީ ވަގުތުކޮޅެއް ހޭދަ ކޮށްލައްވާފައެވެ. އަދި އެ އެސޯސިއޭޝަންގެ އިސް ހިންގުންތެރިންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދަވާ ގޮތާއި، މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވެސް ވަނީ އޮޅުންފިލުއްވާފައެވެ.
އެފަދަ ކުދިން ތަރުބިއްޔަތު ކުރުމަށް އެކަށީގެންވާ ވަސީލަތެއް ނެތި ނަމަވެސް ދިމާވާ ގޮންޖެހުންތަކާ ވެސް ހޯދާފައިވާ ކާމިޔާބީތަށް ފާހަގަކުރައްވާ ރައީސް މައުމޫން ވަނީ އެސޯސިއޭޝަންގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ.
ޑައުން ސިންޑްރޯމް އެސޯސިއޭޝަން އަށް މައުމޫން ޒިޔާރަތް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ