ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހުރިހާ ކަމުން ދިވެހި ރައްޔިތުން ދުރުވާން ޖެހޭ - ޑިފެންސް މިނިސްޓަރ

ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހުރިހާ ކަމުން ދިވެހި ރައްޔިތުން ދުރުވާން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ކޮންފަރެސް ހޯލްގައި ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރާއި ޔޫއެންޑީޕީ ގުޅިގެން ބޭއްވި ނޭޝަނަލް ކޮންފަރެސް އޮން ޕްރޮމޯޓިން ޑައިލޯގް އެންޑް ކްރިއޭޓިން ޕީސްފުލް ކަމިއުނިޓީ ކޮންފަރެސްގެ ނިންމުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ހުރި ހާކަމަކުން ދިވެހި ހުރިހާ ރައްޔިތުންނާއި މުއައްސަސާތަކުން ވެސް ދުރުވާން ޖެހޭނެ ކަމަށެވެ.
"ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ކުރަން ވިސްނުމުގެ ކުރިން ކޮންމެ މީހަކުވެސް ދެވަނަ ވިސްނުމަކަށް ދާންޖެހޭ. މީސް މީޑިއާ އަދި މީޑިއާތަކުން , ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަބަރުތަށް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކަށް ނުފޫޒު ފޯރުވަން , ނުވަތަ ބާރު ފޯރުވާގޮތަށް އަޅުގަނޑުމެންގެ އިބާރާތްތަށް ބައްޓަން ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އާންމު އުސޫލެއްގެ ގޮތުން ކުރާނެ ކަންތަތަކެއް ނޫން " މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފު އިތުރަށް ވިދާޅުވީ އަޅުގަނޑުމެން އެންްމެން ވިސްނާ ފިކުރު ކުރަން އެބަ ޖެހޭ ކަމަށާއި ހުރިހާ އިދާރާތަކުންނާއި ދައުލަތުގެ މުއަސަސާ ތަކާއި މިޑިއާއިންވެސް އެއީ އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަށް ކަމަށް ވިޔަސް އެއީ ބޭރުގެ ފަރާތްތަކާއި ގުޅިފައިވާ ހުރި މައްސަލަ ތަށް ކަމަށް ވިޔަސް އެ ކަންކަމާއި ދުރުވާން ޖެހޭނެ ކަމަށެވެ.
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ލާދީނީ ފިކުރާއި ދީނީ ހައްދު ފަހަނަ އަޅާފައިވާ ފިކުރުން ދުރުވާން ދިވެހި މުޖުތަމައުން މިހާރަށްވުރެން ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ކިތަންމެ ސުލްހަވެރިކަމާއި އެކު ކިތަންމެ އުފަލުގައި ދިރި އުޅުނު ބަޔަކު ކަމުގައި ވިޔަސް , އަޅުގަނޑުމެންގެ ދިވެހި ރާއްޖެ އަށް ވެސް އެހެން ގައުމުތަކަށް އޮތް ނުރައްކާތެރި ކަން އެބައޮތް " މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހި ގައުމުގެ ސުލްހަ މަސަލަސްކަމާއި މީހުންގެ ފުރާނަ ސަލާމަތް ކުރަން ކުރިއަށް ވުރެން ބޮޑަށް އަޅުގަނޑުމެން މިވަނީ މުޅި ރާއްޖެއަށް ފެތުރެން ޖެހިފައި ކަމަަށެވެ.
"ދިވެހިންނަކީ ވަރަށް ނަސީބުވެރި ބައެއް. އެއް ބަހަކުން ވާހަކަ ދައްކާ އެއް ސަގާފަތެއް ހިއްސާ ކުރާ އަދި އެއް ދީނަކަށް ދިރިއުޅެމުންދާ ވަރަށް ސުލްހަވެރި ބައެއް. އަޅުގަނޑުމެން ދިވެހިންނަކީ ދިވެހިންނަށް ވީތީ ފަހުރުވެރިވާ ބައެއް , އަޅުގަނޑުމެންގެ އުމުރާނީ ތަރައްގީ މިއަދު މިދަނީ ފުޅާވެ ތަރައްގީ ވަމުން އެ އުމުރާނީ ތަރައްގީ ދިފާއުކޮށް ހިމާޔަތް ކުރުމަށް އަޅުގަނޑުމެންގެ ވަސީލަތްތަށް ވެސް މިދަނީ ފުޅާކުރަމުން" މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ