ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ މީޓިއަރޮލޮޖިކަލް ސެންޓަރުން ހާމަކުރާ ގޮތުގައި ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.
އެގޮތުން މި އަތޮޅުތަކުގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ބައެއް ރައްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާ ދެމެދު ވައިގަދަވާނެކަމަށާއި، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދު ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.
މެޓް އޮފީހުން އިތުރަށް ބުނީ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާ 13 މޭލަށް ވައިގަދަވާނެ ކަމަށެވެ. ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ