ހައުސިން މިނިސްޓްރީ އިން ފައިސާ ދޭން ޖެހޭ ފަރާތްތަކުން ބިލްތައް ހުށަހަޅަން އެދިއްޖެ

މިއަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޚިދުމަތްތަކުގެ ބިލްތައް ޑިސެންބަރު 06 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހެޅުއްވުމަށް މިނިސްޓްރީ އިން އެދިއްޖެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މިއައަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި މިނިސްޓްރީއަށް ބިލް ހުށަހަޅުއްވައި ޕޭމްންޓް ލިބިފައިނުވާ ފަރާތްތަކުން މިނިސްޓްރީއަށް ބިލް ލިބިފައިވާކަން ޔަޤީންކޮށްދެއްވުން އެދޭކަމަށެވެ. އަދި، މިނިސްޓްރީއަށް ބިލް ލިބިފައިނުވާނަމަ 06 ޑިސެމްބަރ ގެ ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ބިލް ހުށަހެޅުއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
ބިލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00އިން ފެށިގެން މެންދުރުފަހު 14:00ގެ ނިޔަލަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ  އަމީނީމަގުގެ ކައުންޓަރުން ކަމަށް ވެސް މިނިސްޓްރީ އިން ވިދާޅުވެއެވެ.
މި އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޚިދުމަތްތަކުގެ ބިލްތައް ޑިސެންބަރު 06 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް މި މިނިސްޓްރީއަށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބިލްތައް މި ތާރީޚްގެ ފަހުން ބަލައިގަނެވެން ނެތްކަމަށް ވެސް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ